”މިހާރު އެއުޅެނީ މަލްދާ ލައްވާ ބުނުވަން ފިރިއެއް ގޮތަށް ބަލައިގަންނަމޯ. އޭރުން އޭނަ ބޭނުންވާ ކަންތައް ވާނެތާ. އަހަންނަށް ފެންނަނީ މިކަން އަވަސްކޮށްލަން. އެބަ ދަން އިޝާ ނަމާދަށްފަހު.“ ކަރީމް މިހެންބުނެ ފޯނު ބާއްވާފައި އެނބުރި ބަލާލިއިރު އާރިފާ ހުރީ އަޑުއަހައިގެންނެވެ. ”ކޮންކަމެއް އަވަސްކޮށްލަން.“އާރިފާ އަހާލިއެވެ. ”އާރިފާ! އާދެބަ. މިތާ އިށީނދެބަ، އަހަރެން މިސައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި. އަހަންނަށް ހީވަނީ މިވާހަކަ އާރިފާ ކައިރީ ބުނާ ވަގުތު ޖެހިއްޖެހެން.“ ކަރީމް ބުނެލިއެވެ. ”ދެން ތިވަރަށް … Continue reading ތިންގަޑި ބައި – 08