Search Streamline Icon: https://streamlinehq.com

2023 ގައި ރާއްޖެއިން އެންމެ ހޫނުގަދަވީ ލ.ގަމަށް: މެޓް އޮފީސް

X6EhrbVhdDlYDci72Jx5HRNcSDbb3gpFfh3MiZY2

ނިމިގެން ދިއަ 2023 ވަނަ އަހަރު ރާއްޖެއިން އެންމެ ހޫނުގަދަވީ ލ.ގަމަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓު އޮފީހުން) ބުނެފިއެވެ.

މެޓްއޮފީހުން މިކަން ހާމަކުރީ އެ އޮފީހުން ނެރެ އާންމުކުރި މޫސުމާއި ބެހޭ ރެކޯޑު ރިޕޯޓުގައެވެ.

މެޓު އޮފީހުން އާންމުކުރި މި މައުލޫމާތުގައި ވާގޮތުން 2023 ވަނަ އަހަރު ދިވެހި ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ހޫނުގަދަ ރަށަކީ ލ. ގަމެވެ. އެ ރަށަށް ވަނީ ޖުމްލަ 2،776.6 ގަޑިއިރު އަވި ދީފައި އެވެ.

މެޓް އޮފީހުން އާންމުކުރި މައުލޫމާތުގައި ވާގޮތުން، ވާޖުމްލަ 2683.1 ގަޑިއިރުގެ އަތްވާއި އެކު ދެވަނައަށް އެންމެ ހޫނުގަދަ ރަށަކީ ހުޅުލެއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވެފައި ވަނީ މޭ މަހުގައި އެވެ.

އަދި މިއަ އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މިދިޔަ އަހަރާއި ޚިލާފަށް މިއަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފައި ކަމަށެވެ.

ކުރިއަށް މިއޮތް އޭޕްރިލް މަހުގައި ރާއްޖޭގެ ފިނި ހޫނުމިން ދުވާލަކު ތިން ފަހަރު އަޕްޑޭޓު ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *