ކަރަންޓް ސަބްސްޓޭޝަނަކަށް ވަދެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.
ރޭ ހުޅުމާލެ ފޭސް 2ގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ ހއ. ހޯރަފުށީ، ފްރެންޒީ، އުމުރުން 27 އަހަރުގެ ހުސައިން ޝިފާއު އެވެ.
އޭނާ މަރުވެފައި މިވަނީ ސްޓެލްކޯގެ ކަރަންޓް ސަބްސްޓޭޝަންތަކަށް ވަދެ ޓްރާސްފޯމަރުތަކުން ކަރަންޓް ކަނޑާލައިގެން ވަންކަން ކުރަމުންދާކަން އެ ކުންފުންޏަށް ފާހަގަ ކުރެވިފައިވަނިކޮންކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އެހެންކަމުން މިގޮތަށް ކަރަންޓް ސަބްސްޓޭޝަންތަކުން ވައްކަން ކުރުމަކީ ވަރަށްބޮޑު ނުރައްކަލެއްކަމުގެ އިންޒާރުވެސް އެ ކުންފުނިންވަނީ ދީފައެވެ.
ސްޓެލްކޯއިން ވަނީ މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ކަމާއި ގުޅޭ އިދާރާތަކުގެ ކިބައިން އެދިފައެވެ. އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ވެސް އެކުންފުނިންވަނީ އެދިފައެވެ.
މިހާރަކަށް އައިސް ރޭނގަޑުގެ އެކި ވަގުތުތަކުގައި ހުޅުމާލޭ ފޭސް 2 ގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަތަށް އަންނަނީ ކުރިމަތިވަމުންނެވެ.
ވައްކަމާއި ފޭރުން ރާއްޖޭގައި އިތުރުވަމުން އަންނަ އިރު މިފަދަ ކުއްތަކުގެ ތެރެއިން މަރުވާމީހުންވެސް އަންނަނީ އިތުރުވަމުންނެވެ.









