Search Streamline Icon: https://streamlinehq.com

ފާއިތުވި 5 އަހަރު، ފުރަތަމަ 10 ގައި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ މިއަހަރު

Big JrizhVxFQi3e57jm9mDrK3s6B

ފާއިތުވި ފަސް އަހަރު ފުރަތަމަ 10 ގައި އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ މިއަހަރުގައި ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުގައި އެހެނިހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1.5 މިލިޔަން ރުފިޔާ ވަނީ ލިބިފައިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 ގައި 2023 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.3 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 1.09 މިލިއަން ރުފިޔާއެވެ. އަދި 2021 ވަނަ އހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 9 ލައްކަ ފުރިޔާއެވެ. 2020 ވަނަ އހަރު ލިބިފައިވަނީ 1.53 މިލަން ރުފިޔާއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 38،681 މީހުން ވަނީ ޒަކާތް ދައްކާފައެވެ. އަދި ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

އެގޮތުން 22،759 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި 5,208 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 4,188 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެއިދާރާއިން ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. ޢުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *