Search Streamline Icon: https://streamlinehq.com

ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ 9 ރަށެއް ރައީސް މުއިއްޒު ކަނޑައަޅުއްވައިފި

Original

ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ 9 ރަށެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅުއްވައިފިއެވެ.

މި ގަރާރަކީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތަކާއި އެ މަޝްރޫއު ހަވާލު ކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ބަޔާންކޮށް ނެރުއްވާފައިވާ ގަރާރެކެވެ.

ރައީސް ޑރ.މުއިއްޒު ނެރުއްވި ގަރާރުގައިވާ ގޮތުން، ޖުމްލަ 9 ރަށެއްގައި އަލަށް އެއާޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، އެއާޕޯޓުގެ މަޝްރޫއު ފެށިފައިވާ ބައެއް ރަށްތަކުގެ އެއާޕޯޓު ނިންމުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މިގޮތުން އަލަށް އެއާޕޯޓު އެޅުމަށް ނިންމަވާފައިވާ 9 ރަށަކީ، ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި. ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫއެވެ.

ހަމައެއާއިއެކު، ފެށިފައިވާ އެއާޕޯޓުތައް ނިންމުމަށް ރައީސް ޑރ.މުއިއްޒު ނިންމެވި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ހދ. މަކުނުދޫ، ރ.އަލިފުށި، މ.މުލި، ށ.ބިލެއްފަހި، ބ.ތުޅާދޫ އަދި ތ.ވިލުފުށްޓެވެ.

އަލަށް ތަރައްގީކުރާ ކޮންމެ އެއާޕޯޓަކަށް އެންމެ މަދުވެގެން ހަރަދު ކުރަން ޖެހޭ އަދަދުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ވަނީ ކަނޑައަޅުއްވާފައިވަިފައިއެވެ. އަދި އަލަށް ފެށިފައިވާ އެއާޕޯޓުތައް ނިންމުމަށް މަދުވެގެން ހަތަރު މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށް ވެސް މި ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *