Search Streamline Icon: https://streamlinehq.com

ފައިސާ ޗާޕުކުރުމާއި، ލޯނު ނެގުމަކީ ޙާލަތަށްބަލައި ކުރަންޖެހޭކަމެއް: ރައީސް ޞާލިޙް

Raees Solih

ފައިސާ ޗާޕުކުރުމާއި ލޯނު ނެގުމަކީ އިޤްތިޞާދީ ހާލަތަށްބަލައި އެ ޙާޅަތު ތަންދޭނަމަ ކުރަންޖެހޭ ކަމެއްކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ޑިކެޓުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދަވައިދެއްވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕުކުރެއްވީ ކޮވިޑުގެ ޙާލަތުން އަރައިގަތުމުގެ ބޭނުމުގައި ކަމުގަ އެވެ.

ރައީސް ޞާލިޙް ވިދާޅުވީ ލޯނު ނަގަން ޖެހޭ ހާލަތުގައި ލޯނު ނަގަން ޖެހޭނެ ކަމުގައެވެ. އަދި ފައިސާ ޗާޕް ކުރަން ޖެހޭ އިރު ފައިސާ ޗާޕް ކުރަން ޖެހޭނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ބަޖެޓް ފާސްކުރި އިރު ޑިސެމްބަރުގެ ފަހުން ފައިސާ ޗާޕް ނުކުރާނެ ކަމަށް ނިންމަވާފައި އޮންނާނެ ކަމަށާއި އެއީ ރައީސް ޞާލިޙްގެ އެމްޑީޕީ ސަރުން ނިންމަވާފައި އޮތް ކަމެއްކަމަށްވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ދިވެހި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ވަނީ 8.2 ބިލިއަން ރުފިޔާ ޗާޕުކުރައްވާފަ އެވެ. ނަމަވެސް ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ފައިސާ ޗާޕު ނުކުރާ މިންވަރަށް މިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ޗާޕު ކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *