Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމަކީ މިދިޔަ ސަރުކާރުން ހިންގި ޖަރިމާ އެއް: ރައީސް

Photo1711486388 850x548

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމަކީ ކެމްޕޭން  ގާނޫނުތަކާއި، ގާނޫނުއަސާސީގެ ބާރު ކަޑުވާލާއި މިދިޔަ ސަރުކާރުން ހިންގި ޖަރިމާ އެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު މުސްތަފާގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމަކީ ކެމްޕޭން  ގާނޫނުތަކާއި، ގާނޫނުއަސާސީގެ ބާރު ކަޑުވާލާއި މިދިޔަ ސަރުކާރުން ހިންގި ޖަރިމާ އެއް ކަމަށެވެ. އެހެންވެ ކަނޑުގެ ބައި ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނު ކަނޑުގެ ގެއްލުނު ބައި ހޯދުމުގެ މަސައްކަތްކުރިއަށްދާ ކަމަށާއި، އެ މައްސަލަ އެންމެ ސީރިއަސް ހިސާބުން އިތުރަށް އެކަން ކުރިއަށް ގެންދިއުމަށް ނަގާ ވަގުތު ގިނައީ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނުން އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާއްޖެއަށް ގެއްލުނު ބައި ހޯދުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގެ ވައުދެކެވެ.

އެ މަސައްކަތް ކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ރާއްޖެ އާއި ބައިނަލްއަގްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަ ނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާވާފައެވެ.

މައްސަލަ ހައްލުކުރުމަށް ގިނަ ވަގުތު ނެގި ނަމަވެސް، އެކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *