Search Streamline Icon: https://streamlinehq.com

އުމްރާ އަށް މީހުން ގެންދާ އަމިއްލަ ޖަމާއަތްތަކުގައި އެކަމުގެ ރަސްމީ ހުއްދަ އޮތްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފި

GB2OcgHaQAEkcNE

އުމްރާ އަށް ގެންދާ އަމިއްލަ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާ އަށް ގެންދާ އަމިއްލަ ޖަމާއަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.

”އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރަން.“ ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝަހީމް ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ޖަމާޢަތްތަކުގެ ލިސްޓް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ގެޒެޓްގައި އާންމުކޮށްފައިވާނެކަމަށެވެ.

މި ލިސްޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާތަނަށް ޖުމްލަ 50 ކުންފުންޏަކަށް އެ ވުޒާރާއިން ހުއްދަ ދީފައިވާއިރު، މި ކުންފުނިތަކަށް ގުޅޭނެ ފޯން ނަމްބަރާއި، ހުއްދަ ހަމަވާ ތާރީޚްވެސް މި ލިސްޓްގައި ވަނީ ހިމަނާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޙައްޖާއި، ޢުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދާ އޮޅުވާލައިގެން މަސައްކަތްކުރާ ކުންފުނިތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ކުރިމަތިވާކަމަށާއި މިފަދަ ބޮޑު ކަމެއް ނިންމުމުގެ ކުރިން އިތުބާރުހިފޭ ބަޔަކާއި ވާހަކަ ދެއްކުމަށްފަހު، ރަނގަޅު ކުންފުންޏެއް އިޚްތިޔާރު ކުރުމަކީ މުހިންމުކަމެއްކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *