Search Streamline Icon: https://streamlinehq.com

21 ވަަނަ ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި 3 ވަނަ ކުޅުންތެރިއަކަށް ރާއްޖޭގެ އަލީ އަޝްފާގް ވެއްޖެ

VW5QwvP8ybfvRr3rDSxe

21 ވަނަ ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ 3 ވަނައިގައި ދިވެހިރާއްޖޭގައި އުފެދުން އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެއެވެ.

21 ވަނަ ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ޕޯޗުގަލްގެ ތަރި ކޮރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލިސްޓްގެ ދެވަނައިގައި ހިމެނެނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. އަދި މި ލިސްޓުގެ ތިންވަނަގައި ހިމެނެނީ ދިވެހިރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ދެކުނު އޭޝިއާގައި ފެނުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު، އަލީ އަޝްފާޤް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި 35 ހެޓްރިކް ވަނީ ހަދާފައިއެވެ. އަޝްފާގު ވަނީ ގައުމީ ޓީމަށް ކުޅެދިން 98 މެޗު ކުޅެދީ ޖުމްލަ 58 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ. އަފި ފަސް ހެޓްރިކް ފުރުހަމަކޮށްފައިވެއެވެ.

ގައުމީ ކަޕް ތަކުގައި 6 ހެޓްރިކް އެއް ހަދާފައިވާ އަޝްފާގު ގައުމީ ލީގުގައި 21 ހެޓްރިކެއް ވަނީ ކާމިޔާކޮށްފައެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ކުލަބް މުބާރާތް ތަކުގައި އަޝްފާގު ވަނީ ތިން ހެޓްރިކް އެއް ފުރިހަމަކޮށްފައެވެ.

21 ގަރަުނުގައި އެންމެ ގިނަ ހެޓްރިކް ހަދާފައިވާ ތިން ކުޅުންތެރިން:

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)- 62 ހެޓްރިކް.

ލިއޮނެލް މެސީ (އާޖެންޓީނާ) – 56 ހެޓްރިކް.

އަލީ އަޝްފާޤް (މޯލްޑިވްސް) – 35 ހެޓްރިކް.

މި ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތް ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޖުމުލައެކު 62 ހެޓްރިކް ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް 10 ހެޓްރިކް ކާމިޔާބުކޮށްފައިވާއިރު ލީގުތަކުގައި 41 ހެޓްރިކް ކާމިޔާބުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ކުލަބް މުބާރާތްތަކުގައި 9 ހެޓްރިކް ރޮނާލްޑޯ ކާމިޔާބުކޮށްފައިވެއެވެ.

ލިސްޓުގެ ދެވަނާގައި އޮތް ލިއޮނަލް މެސީ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 56 ހެޓްރިކް ކާމިޔާބުކޮށްފައެވެ. އާރޖެންޓީނާގެ ގައުމީ ޓީމަށް 8 ހެޓްރިކް ކާމިޔާބުކުރި މެސީ ލީގު ގައި 36 ހެޓްރިކް ހަދާފައިވެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ ކުލަބް މުބާރާތް ތަކުގައި މެސީ ވަނީ 8 ހެޓްރިކް ކާމިޔާބުކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *