Search Streamline Icon: https://streamlinehq.com

ކުރީ ސަރުކާރުން ކަންތައްކުރި ގޮތުން ބޮޑެތި ގިނަ ކުންފުނިތަކުން އެއްވެސް ފައިދާއެއް ނުވޭ: ރައީސް

Original

ނިމިދިއަ އެމްޑީޕީ ސަރުކާރުން ކަންތައް ކޮށްފައި އޮތީ ވަރަށް ވެސް ގޯސްކޮށް ކަމަށާއި އެ ސަރުކާރުން ކަންތައްކުރި ގޮތުން ވަރަށް ގިން ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފައިވާ ކަމަށާއި ބޮޑެތި ދެތިން ކުންފުނިފިޔަވާ ފައިދާވާ އެއްވެސް ކުންފުންޏެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓްގައި ސ. ހިތަދޫ، ޒެޓައިރު، ނައުޝާދު އަބްދުއްރައްޒާގު ރައީސަށް ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ނައުޝާދުގެ ސުވާލުގައި އަހާފައިވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ކުންފުނިތަކުގަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގަ ވަރަށް ބައިވަރު ދަރަނިތައް ހުރިއިރު އެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށްޓަކައި ރައީސް ގެންގުޅުއްވާ ސިޔާސަތާއި ގުޅޭގޮތުންނެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ކުންފުނިތައް ހުރީ ވަރަށް ބޮޑަށް މިސްޔޫޒްކޮށްފައި ކަމަށާއި ކުންފުނިތަކުގެ އޮންނަ އުސޫލުތަކާ ހިލާފަށް ކުންފުނިތަކުގެ ބޭނުން ސިޔާސީ ގޮތުން ކުރުމުގެ ސަބަބުން ކުންފުނިތައް އޮތީ ހަލާކުވުމުގެ ތެރޭގައި ކަމަށެވެ.

“ވަރަށްގިނަ ކުންފުނިތައް ބަނގުރޫޓުވުމާ ހަމައަށް ގޮސްފަ އޮތީ، ބޮޑެތި ދެތިން ކުންފުނިފިޔަވާ ފައިދާވާ އެއްވެސް ކުންފުންޏެއްނެތި އޮތީ” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކުރަނީ ލޯނުތައް ނުވަތަ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށާއި އެކަމާބެހޭ އެކިއެކި ބޭންކްތަކާ ވާހަކަދައްކައިގެން ކުންފުނިތަކަށް ރަނގަޅު ބްރީތިން ސްޕޭސްއެއް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަން ކަމަށެވެ. އަދި ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ދަރަނިތައްވެސް ޕެރެލަލީ އެއްފަހަރާ ދެއްކުމުގެ ޕްލޭންތައް ހެދިގެން އެކި ފަރާތްތަކަށް ކްރެޑިޓާސް އަށް ދޭންޖެހޭ ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް ރޭވިގެން ކުރިއަށްގެންދާކަމުގައިވެސް ރައީށް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *