Search Streamline Icon: https://streamlinehq.com

ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Large 16470033487dUYm q3epin83ahbamhuw0q1f0o7x1vio4uii4mq64c02sw

ކުރިޔަރު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

 ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޔުނިޓުން އެތެރެކުރި ދެ ޕެކޭޖެއް، މާރޗު މަހުގެ 20 ވަނަ ދުވަހު ބަލާ ފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ބާވަތެއް ފެނުމުން، އިތުރަށް ބަލާ ފާސްކުރުމުން، މަސްތުވާތަކެތި ފެނިފައިވާ ކަމަށް އިއްޔެ ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯ، އަދި ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި ތަޙުލީލު ކުރުމުން، ޕޮސިޓިވް ވެފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފަައިވާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *