Search Streamline Icon: https://streamlinehq.com

މަޖިލިސް އޮވެ، ސަރުކާރު އޮވެ، މާލެ ސިޓީ ތަރައްގީ ނުކުރެވުނު ބައަކަށް ދެން ކުރެވޭނެކަމެއް އިތުރުކަމެއް ނޯންނާނެ: ރައީސް

Img 0095 876x585

ނިމިގެން ދިއަ ފަސް އަހަރު، މަޖިލިސް އޮވެ، ސަރުކާރު އޮވެ، މާލެ ސިޓީ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުކުރެވުނު ބައަކަށް ދެން އިތުރަށް އަންނަ ދައުރުގައި މަޖިލިސް ލިބުނަސް ކުރެވޭނޭ ކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިފާއު (ބޮޗޭ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެން ދިއަ ފަސް އަހަރު، މަޖިލިސް އޮވެ، ސަރުކާރު އޮވެ، މާލެ ސިޓީ ތަރައްގީކުރަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުކުރެވުނު ބައަކަށް ދެން އިތުރަށް އަންނަ ދައުރުގައި މަޖިލިސް ލިބުނަސް ކުރެވޭނޭ ކަމެއް ނޯންނާނެކަމަށެވެ.

އަދި ނިމިދިޔަ ފަސް އަހަރުގައި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި އޮވެ، އޭގެ ބޭނުން ނުހިފައި ދެން އިންތިހާބު އައިސް ބޯމަތިވީމާ މިތާ ކައިރި ފަޅެއް ނަގާފައި އެއްވެސް ބެލުމެއް ނެތި ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މާލޭ މޭޔަރ ކަމުގެ މަގާމު ދެއްވުމަށްފަހު، އެމަގާމުގައި ހުންނަވައިގެން ކުރަންބޭނުންފުޅުވި ކަންކަން ނިމިދިއަ ސަރުކާރުގެ އެއްބާރުލުން ނުލިބިމުގެ ސަބަބުން ނުކުރެއްވުމުން، އެކަންކަން ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު މާލޭ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވީ ކަމަށާއި އަދި ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންތައްތައް ފުރިހަމައަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސުޕަރ މެޖޭރިޓީ އޮތް އިރުވެސް މާލެ އަށް ގެނައި އެއްވެސް ތަރައްގީއެއް ފެންނަން ނެތް ކަމަށާއި އަދި މާލޭގައި އެ ސަރުކާރުގައި ކުރެވިފައި ހުރީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެވުނު މަދު ކަމެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި މާފަންދު ދެކުނު ދާއިރާގައި ވެސް ވަރަށް ހާލުގައި އުޅޭ ރައްޔިތުންގެ ގެތަކަށް އެމަނިކުފާނަށް ދެވިފައިވާކަމަށެވެ.

އަދި އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޯތިގެދޮރުގެ މައްސަލަތައް ހައްލުކުރުމުގައިވެސް މަޖިލީހުގެ ދައުރު މުހިންމު ކަަމަށާ، އެގޮތުން ނަގަން ޖެހޭ ލޯނުތަކާއި، ސީދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އަދި ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލިސް މުހިންމު ކަމަށް ވިދާޅުވިއެވެ.

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *