Search Streamline Icon: https://streamlinehq.com

ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަަލަތައް ރިޕޯޓުކުރުމަށް ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ޤާއިމުކޮށްފި

31DMN9ZXFRDE

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އުސޫލުތަކާއި ޚިލާފަށް ކަމެއް ކުރާކަން ފާހަގަވެއްޖެނަމަ ވަގުތުން ރިޕޯޓްކުރުމަށް ޚާއްސަ އޮންލައިން ޕްލެޓްފޯމެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އިއްޔެ އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ކަމެއް އެއާޕޯޓްތަކުގައި ނުވަތަ ފްލައިޓްތަކުގައި ހިނގާނަމަ އެކަން ރިޕޯޓްކުރެވޭނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޑިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން އިން ތަޢާރަފްކުރި އޮންލައިން ޕްލެޓްފޯމްގެ ނަމަކީ ”އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް“ އެވެ.

https://x.com/dasamaldives/status/1775468013111906325?s=20

 

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *