Search Streamline Icon: https://streamlinehq.com

ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ނިންމައިފި

6HuKqtof3jTUpaTnN5XjrvNS1Qsk9RjeUCujpDKv

ބ. އޭދަފުށީގައި 1،000 ހައުންސިން ޔުނިޓް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފި އެވެ..

މިހާރު ވެސްއޭދަފުށީ ދާއިރާގެ މެންބަރުކަން ކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފުތިތާހު ކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.

އެގޮތުން އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 1،000 ހައުންސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

”ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުންސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން.“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް ދަނީ ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށްޓަކައި އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް މި ފަހަރު ވެސް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

”ސަރުކާރުން އެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ހުރިހާ ހުއްދަތަކެއް ނަގައި އިނީޝިއަލް މަރުހަލާގެ ތެރެއިން ހުރިހާ ކަމެއްގައި ވެސް އިސް ނެންގެވީ ތިބޭފުޅުންގެ މަޖިލިސް މެމްބަރު.“ ރައީސް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *