މާވަށު ދާއިރާއަށް ކުރިމަތި ލާފައި ހުރީ ކާކުތޯ ނުބަލާ، އެ ދާއިރާގެ ގޮނޑި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދުމަށް އެެރުވުމަށް އެ ދާއިރާގެ ކުރީގެ، މެންބަރު، އިކޮނޮމިކް މިނިސްޓަރު އަޙްމަދު ސައީދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ބައިވެރިވި ވަޑައިގެން ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާވަށަށް ވައިޑެން ރައްޔިތުންނާއި ބައްދަލުކުރައްވައި ސައީދު ވިދާޅުވީ، މާވަށު ދާއިރާއަށް ކުރިމަތި ލާފައި ހުރީ ކާކުތޯ ނުބަލާ، އެ ދާއިރާގެ ގޮނޑި، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދުމަށް އެެރުވުމަށް އެދޭކަމަށެވެ.
ސައީދު ވިދާޅުވީ ޑރ. މުއިއްޒުގެ މި ސަަރުކާރުުގެ ކެނޑިޑޭޓަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެ ދާއިރާގެ ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާ ގޮނޑިއެއް ކަމުގައި ހައްދަވައިދެއްވަން ޖެހޭކަމަށެވެ.
ސައީދު ވިދާޅުވީ މާވަށު ދާއިރާގެ ގޮނޑި މުހިންމީ އެ ދާއިރާއަށް ކުރިލައްވާފައި ހުރި ފަރާތަކަށް ނޫންކަމަށާއި، އއ ދާއިރާގެ ގޮނޑިއަކީ ކުރިމަތި ލައްވައިގެން ހުންނެވި ބޭފުޅާގެ ގޮނޑިއެއް ނޫންކަމަށެވެ. އަދި އެ ގޮނޑިއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މާވަށު ދާއިރާއިން، މާވަށް، ކުނަހަންދޫ، ހިތަދޫން ދެއްވާ، ވެދުމަށް އަރުވާ ގޮނޑިއަކަށް ވާން އެބަޖެހޭކަމަށެވެ.
ސައީދު ވިދާޅުވީ، ކޮންމެ ވެރިކަމެއްގައި ވެސް މާވަށަށް އަޅާނުލެވި ދޫކޮށްލާ ކަމަށާއި އަމަލާއި ބަހުން މާވަށް ތަރައްްޤީ ކުރާނެ ވެރިޔަކީ ޑރ. މުޢިއްޒު ކަމަށެވެ. އަދި އެކަން ކުރަން ދާއިރާގެ ގޮނޑި ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، މާވަށް ދާއިރާގެ ގޮނޑި ރައީސްއަށް އަރުވައިފިނަމަ ފަސޭހަ ކަމާއެކު ތަރައްޤީ އަންނާނެ ކަމަށާއި ނޫންނަމަ ތިބެން ޖެހޭނީ ތަރައްޤީއާއެކު ފިތިފައި ކަމަށެވެ.









