ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 1 ހައްސާނު އަލިފުޅު(ބާސް)އަށް މި އިންތިޚަބު ކާމިޔާބު ކޮށްދިނުމަށް ބާސް2024 އެފްސީ24 ގެ ނަމުގައި ޕީއެސް މުބާރާތެއް ފަށައިފި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ ގޮނޑި ބާސް އަށް ކާމިޔާބު ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ނުކުމެ ތިބި ޒުވާން ޓީމު ޖޯޝާއި ފޯރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޮޑުތަކުން ބާސް އަށް ކާމިޔާބު ކޮށްދިނުމުގެ މަތިވެރި މަޤުޞަދުގަ އެވެ.
ތިރީސް ހަތަރު ބައިވެރިންނާއި އެކު ޅ.ނައިފަރު ލެޒްވާ (ކުރީގެ އަކުއާ)ގައި މިއަދު ހަވީރު ފެށިގެން ކުރިއަށްދާ މި މުބާރާތަކީ އެއްވަނައަށް އަންނަ ފަރާތަކަށް ހަތަރުހާސް ރުފިޔާ، ދެވަނައަށް އަންނަ ފަރާތަކަށް ދެހާސް ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް އެއްހަށް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު-1 ހައްސާން އަލިފުޅު (ބާސް)ގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއްވިގޮތުގައި 32 ބައިވެރިންނަށް އަމާޒުކޮށްގެން ފެށުމަށް ހަމަޖެހިގެން ދިޔަ މި މުބާރާތުގައި 34 ފަރާތަކުން ބައިވެރިވުމަށް ހުށަހަޅާފައި ވުމާއި އެކު އެ ހުރިހައި ފަރާތަކަށް ފުރުޞަތު ދެމުން މުބާރާތް ފަށާފައިވަނީ 34 ބައިވެރިންނާއި އެކުގަ އެވެ.
ނައިފަރު ދާއިރާގެ ކެންޑިޑޭޓު ނަމްބަރު 1 ހައްސާން ޢަލިފުޅު (ބާސް)ގެ ކެމްޕޭން ޓީމުން ޒެލްވާގައި ކުރިއަށް ގެންދަވާ މި މުބަރާތުގެ މެޗުތައް ކުރިއަށްދާ ހުރިހައި ވަގުތެއްގައި މުބާރާތުގެ ބައިވެރިންނާއި، ކުޅިބަލަން އަންނަ ފަރާތްތަކުގެ އިތުރުން ހުރިހައި ޓީމެއްގެ ސަޕޯޓަރުންނަށްވެސް ކޮފީއާއި ފެން އަދި ދުފާއެއްޗެހި ހިލޭ ލިބިލައްވާނެ އިންތިޒާމު މުބާރާތް ރާވައި ހިންގަވާ ފަރާތުން ވަނީ ހަމަޖައްސަވާފައެވެ.

ނައިފަރު ދާއިރާ ރައްޔިތުން ބުނަމުން ދަނީ ބާސްއަކީ މުޅި ނައިފަރު ދާއިރާ ރައްޔިތުން ފަޚުރުވެރިވާ ހަމައެކަނި ނައިފަރު ދާއިރާ ރައްޔިތުންގެ ކެންޑިޑޭޓު ކަމުގަ އެވެ.
ނައިފަރު ދާއިރާ ރައްޔިތުންގެ އަޒުމާއި އުންމީދަކީ އެންމެން ގުޅިގެން ނައިފަރުދާއިރާގެ ތަރައްޤީ އާއި ކުރިމަގު އުޖާލާ ކުރުމަށްޓަކައި މިފަހަރު ކެންޑިޑޭޓު ނަމްބަރު 1 އެކަކަށް ވޯޓު ލައިގެން މުޅި ނައިފަރު ދާއިރާއަށް އިންގިލާބެއް ގެނައުމެވެ.










