Search Streamline Icon: https://streamlinehq.com

ރޮނާލްޑޯ އަނެއްކާވެސް ބޮޑު ސަސްޕެންޝަނަކާއި ދިމާއަށް!

Download

ސައުދީ ފުޓްބޯޅަ ފެޑަރޭޝަނުން އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ސައުދީއަރަބިއްޔާގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

މީގެ ކުރިންވެސް އަޚްލާގީ މައްސަލައަކާއި ގުޅިގެން ސަސްޕެންޑް ކުރި ރޮނާލްޑޯ މިފަހަރު ދެމެޗަށް ސަސްޕެންޑް ކުރަން ސައުދީ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމި ނަމަވެސް އެކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރޮނާލްޑޯ ދެމެޗަށް ސަސްޕެންޑް ކުރަން ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ، ސައުދީ ސުޕަކަޕް ސެމީފައިނަލް މެޗުގައި އެންމެ ފަހުން އަލް-ހިލާލް އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އެޓީމުގެ ޑިފެންޑަރު އަލީ އަލް ބްލައިހީއަށް ގަސްދުގައި ހަމަލާދިންކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.

އަލް ނަޞްރާއި އަލް ހިލާލް ބައްދަލުކުރި މި މެޗުގެތެރެއިން ރޮނާލްޑޯ ބުލައިހީއަށް ހަމަލާދިނީ އޭނާގެ އުޅަބޮށިކޮޅުން ބްލައިހީގެ މާމަތީގައި ޖަހައިގެންނެވެ.

އަދި މި މައްސަލައާއި ގުޅިގެން ރޮނާލްޑޯ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، މި ސަސްޕެންޝަނަކާއި އެކު 10،000 ސައުދީ ރިޔާލުން ރޮނާލްޑޯ ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯއަށް ދެމެޗުގެ ސަސްޕެންޝަނެއް އައިސްކަމަށް ވާނަމަ މި ސީޒަނުގައި އަލް ނަޞްރަށް ބާކީ އޮތް ދެމެޗު ރޮނާލްޑޯއަށް ނެއްލޭނެއެވެ.  އޭނާއަށް ދެން އަލް ނަޞްރާއި އެކު މެޗެއް ކުޅެވޭނީ އަންނަ މަހުގެ އެއްވަނަ ދުވަަހު ސައުދީ ކިންގްސް ކަޕް ސެމީފައިނަލުގައި އަލް ޚަލީޖް އާއި ދެކޮޅަށް ކުޅޭ މެޗުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯއަށް ހިލާލް މެޗުގައި ރައްކާޑު ދެއްކި މައްސަލަ އެޕީލް ކުރުމަށް ނަޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *