ޔަހުދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޗަނަލް ކްރިމިނިނަލް ކޯޓުން ނުރެވެވޭނޭ ކަމަށާއި އެކަން ހުއްޓުވާނޭ ކަމަށް ޔަހޫދީ އިސްރާއީލުގެ ދިފާއުގައި އަބަދުވެސް ވަކާލާތުކުރާ ނިރުބަވެރި އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން މިފަދައިން ބުނެފައި މިވަނީ އިސްރައީލުގެ މީޑިއާތަކުން ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ތައްޔާރުވަމުން އަންނަކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ހައުސް ސްޕީކަރ މައިކް ޖޯންސަން ވިދާޅުވީ އައިސީސީ އިން ނަތަންޔާހޫ ހައްޔަރުކުރުމަށް އެއްވެސް އަމުރެއް ނެރެފިނަމަ އެކަން އެމެރިކާއި ހުއްޓުވާ، ދިފާއު ކުރާނޭ ކަމަށާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ މައުސޫމް ބޭފުޅެއްކަމަށެވެ.
“ ނަތަންޔާހޫ ހައްޔަރު ނުކރެވޭނެ. އެކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއްވެސް ނުނެރެވޭނެ. އެކަން އަހަރެމެން ހުއްޓުވާނަން. ނަތަންޔާހޫ އަކީ މައުސޫމް ބޭފުޅެއް. އަދި އިސްރާއީލަކީ ވެސް މައުސޫން ގައުމެއް.“ އެމެރިކާގެ ހައުސް ސްޕީކަރ މައިކް ޖޯންސަން އެކްސްގައި ވިދާޅުވެފައިވެއެވެ.
ނަތަންޔާހޫގެ އިތުރުން މި ތަހުގީގުތަކުގެ ސަބަބުން ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ބައެއް މީޑިއާ ތަކުން ޚަބަރު ފަތުރާގޮތުގައި އައިސީސީން ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުގެ ފުރުސަތު އޮތުމުން ނަތަންޔާހޫ ހުރީ ބިރުން އަދި އާދަޔާ ހިލާފަށް ހާސްވެ، ގޮތްހުސްވެފައިއެވެ.









