Search Streamline Icon: https://streamlinehq.com

މިއަދު މެންދުރު އިރުކޭތައެއް ހިފަނީ

File 20210608 135198 ht2ylu

މިއަހަރުގެ ފުރަތަމަ އިރުކޭތަ ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް ފެންނާނެއެވެ. މިއިރުކޭތަ ހިފާން ފަށާނީ ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރު 1:15 އިން ފެށިގެންނެވެ. އިރުކޭތަ ހިފާ ނިމުމަކަށް އަންނާނީ އިރުއޮއްސި ހައެއް ޖަހާއިރުއެވެ.

ހަނދު، އިރުގެ ކުރިމަތިން ދައުރުވުމުން އުފެދޭ އިރުކޭތަ ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ފެންނާނެއެވެ. ”ރިންގް އޮފް ދަ ފަޔާ“ ފެންނާނީ ކެނެޑާގެ އުތުރު ސަރަހައްދުތަކަށާއި ގްރީންލޭންޑް އަދި އާކްޓިކްއަށެވެ. އެހެންނަމަވެސް  އެމެރިކާ، ޔޫރަޕް އަދި އޭޝިއާ ފަދަ ހެމިސްފެއާގެ އުތުރުގެ ސަރަހައްދުތަކަށް ފުރިހަމަ އިރުކޭތައެއް ނުފެންނާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއިރުކޭތަ ފުރިހަމަވަމުން އަންނަ އިރު، ހަނދު ދަތުރު ކުރާނީ އިރުގެ ސީދާ މެދާ ދިމާލަކުން ނޫނެވެ. އޭގެ ބަދަލުގައި ހަނދު ދަތުރުކުރަމުންދާ ގޮތަކުން އިރުގެ ތަންކޮޅެއް ނުފެންނާނެއެވެ. އަދި އިރުގެ ނުފެންނާނީ ކޮން ސައިޒެއްގެ ތަންކޮޅެއްކަން އެނގޭނީ ބަލާ މީހާ ހުންނަ ސަރަހައްދެއްގެ ގޮތުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *