Search Streamline Icon: https://streamlinehq.com

މި ސަރުކާރު މިސްރާބު ޖަހާފައި މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް: ރައީސް ޞާލިޙް

Iboo Solih

މިހާރު ހިނގަމުންމިދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު މިސްރާބު ޖަހާފައި މިވަނީ ޚުދުމުހުތާރު ވެރިކަމަކާއި ދިމާއަށް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ކުޅުދުއްފުށީގައި ފެށި “ލާމަރުކަޒީ ގުޅުން” ކޮންފަރެންސްގައި އެ މަނިކުފާނު ވިދާޅުވީ މިހާރު މި އޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު މިސްރާބު ޖަހާފައި މިވަނީ ޚުދުމުހުތާރު ވެރިކަމަކާއި ދިމާއަށް ކަމުގަ އެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވެރިކަން ހޯދުމަށްޓަކައި މި ސަރުކާރުން ހެދި ދޮގާއި ފިތުނައިގެ ސަބަބުން ރާއްޖެ އަށް ލިބުނު ބޮޑެތި ގެއްލުންތަކަށް މި ސަރުކާރު ޒިންމާ ކުރުވަން ޖެހޭ ކަމުގައެވެ. އަދި ރައީސް ޑރ. މުއިއްޒު ވެރިކަން ހޯއްދަވަން ހެއްދެވި ދޮގުތަކާއި ފިތުނައިގެ ސަބަބުން ގެއްލުންވީ ރާއްޖެއަށް ކަމަށް ވެސް ޞާލިޙް ވިދާޅުވިއެވެ.

“މިއަދު އެދަނީ އެކަން ސާފުވަމުން” ރައީސް ޞާލިޙް ވިދާޅުވި އެވެ. “އެ ބޭފުޅުން ވެރިކަމަށް އައުމަށް ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެ ދަނީ ހާމަވަމުން.”

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ދައްކާ ވާހަކަ ޤަބޫލުވެސް ކުރާ ބައެއް ނޫން ކަމަށާއި ކަންކަން ކުރަނީ ހިތުހުރި ގޮތަކަށް ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި