Search Streamline Icon: https://streamlinehq.com

ރައީސް މުޢިއްޒުގެ ޒަޢާމަތުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ރ. އަތޮޅަށް

Raees Muizzu

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގެވުމަށް ފައްޓަވާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކުގެ ތެރެއިން މާޅޮސްމަޑުލު އުތުރުބުރީގައިވެސް ވަނީ ގިނަ މަޝްރޫއެއް ފައްޓަވަން އަމިއްލަ ކުންފުނިތަކާއި ޙަވާލުކުރައްވައިފިއެވެ.

ރާއްޖޭގެ އެކި ރައްރަށުގައި ޖުމުލަ 205 މަޝްރޫއެއް ފެއްވުމަށް ދިވެހި ސަރުކާރުންވަނީ އެކި ކުންފުނިތަކާއި ހަވާލުކުރައްވާފައެވެ.  އޭގެ ތެރޭގައި ރ. އަތޮޅުގެ އެކިރައްރަށުގައި ހިންގުމަށްވެސް ގިނަމަޝްރޫޢުތަކެއްވަނީ އެކު ކުންފުނިތަކައި ޙަވާލުކުރައްވާފައެވެ.

އަމިއްލަ ކުންފުނިތަކާ ޙަވާލުކުރައްވައިގެން މަޝްރޫޢުތައް ކުރިއަށް ގެންދަވަން ސޮއިކުރެއްވި މި ތާރީޚީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، 206 މަޝްރޫޢުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ފެށޭނެކަމުގައެވެ. އަދި މި މަޝްރޫޢުތަކަސް ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސޮއިކުރެއްވިގެން މިދިޔަ މަޝްރޫޢުތަކާއި މިދިޔަ ހަފްތާގެތެރޭގައި ސޮއިކުރެއްވި މަޝްރޫޢުތަކާއިއެކު ޖުމުލަ 216 ޕްރޮޖެކްޓް ތަފާތު 53 އަމިއްލަ ކުންފުންޏާއި ވަނީ ޙަވާލުކުރައްވާފައެވެ. މީގެތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 123 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ސޮއިކުރައްވާފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންގޮސް، ޚާއްޞަ ގޮތެއްގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރައިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މަސައްކަތް ޙަވާލުކުރެއްވި ހުރިހާ ކުންފުންޏަކީ، އިތުބާރު އޮތް ކުންފުނިތައްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ކުންފުނިތަކުން ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި މަސައްކަތް ކުރަން ތަކެތި މޮބިލައިޒްކުރަން ފަށާނެ ކަމުގައެވެ.

މިދެންނެވި މަޝްރޫޢު ތަކުގެ ތެރެއިން މާޅޮސްމަޑުލު އުތުރުބުރީގެ މި މަޝްރޫޢުތަކާއި ހިންގަވާނެ ރަށްރަށާއި މަސައްކަތް ޙަވާލުކުރި ފަރާތްތަކަކީ ވާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓްޖެހުން – ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގއަށް، އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުން – ޑޮނާޑުއަށް، އުނގޫފާރު ހޭންޑްބޯލް ކޯޓު އެޅުން – އެކުއާލައިންއަށް، ރަސްގެތީމު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުން – ސައުސަން ކޮންސްޓްރަކްޝަންއަށް، އަދި ރަސްގެތީމުގައި 8 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުން – އަލިތޯ އިންވެސްޓްމަންޓް މޯލްޑިވްސް އަށެވެ. މީގެ އިތުރުން އުނގޫފާރުގައި 8 ކުލާސް ރޫމް ބިނާކުރުން – އޭއައިޖީ އިންވެސްޓްމަންޓާއިވެސް ވަނީ ޙަވާލުކުރައްވާފައެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ، ތަފާތު ނުވަ ދާއިރާއާއި ގުޅޭ މަޝްރޫޢުތަކެވެ. އޭގެ ތެރޭގައި ތަޢުލީމް، ޞިއްޙަތު، ތިމާވެށި، މަސްވެރިކަން، ކުޅިވަރު، ގެދޮރުވެރިކަން، ދީނީ އަދި އިޖުތިމާޢީ ދާއިރާގެ އިތުރުން ޒުވާނުންނާއި ގުޅޭ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ.

މިއަދު ސޮއިކުރެއްވި މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަންދެއްވާ ތަރައްޤީގެ ދާއިރާކަމަށްވާ ގެދޮރު ބިނާކުރެއްވުމުގެ ދާއިރާއިން، 13 ރަށެއްގައި 825 ހައުސިންގ ޔުނިޓް އެޅުމަށް ޙަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އެކި ފަހަރުމަތިން ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *