Search Streamline Icon: https://streamlinehq.com

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

Kudahuvadhoo

ތަފާތު އެކިއެކި މައްސަލަތަކުގައި ދ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެެރެއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ފުލުހުން ނައްތާލައިފައި ވަނީ 224 ފުޅި ބަނގުރަލާއި 260 ދަޅު ބަނގުރާ ކަމުގައެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެެތިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *