އިންޑިއާގެ ދިއްލީގައި ހުންނަ ރެޑް ފޯޓުގެ ކައިރީގައި މިރޭ ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގައި ބަޔަކު މަރުވެ، އަދި އިތުރު ބަޔަކަށް އަނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި އެމަނިކުފާނު މިރޭ ހިއްސާކުރެއްވި ޕޯސްޓް ވަނީ މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައެވެ. އަދި މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކުކަމަށްވެސް ވިދާޅުވިއެވެ.
އަދި، މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.









