Search Streamline Icon: https://streamlinehq.com

ަައޮޕަރޭޝަން އަލިމަގު: ރާއްޖެއިން މަސްތުވާތަކެތި މުޅިން ނައްތާލުމުގެ މަސައްމަތް ފުލުހުން ފަށްޓަވައިފި

Masthuvaa Thakethi

ދިވެހިރާއްޖެއިން މަސްތުވާތަކެތި މުޅިން ނައްތާލުމަށް ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފައްޓަވައިފިއެވެ. 

މަސްތުވާތަކެއްޗާއި ދެކޮޅަސް ފުލުހުން ފެއްޓެވި މި އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށްޓަވާފައިވާ އޮޕަރޭޝަނެކެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގައެވެ.

އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *