Search Streamline Icon: https://streamlinehq.com

”ރަށު ޚަޠީބުން“ ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފި

22ba4dd8 0659 490f 8ee5 2b91dafdc019 1763548261761

”ރަށު ޚަޠީބުން“ގެ ނަމުގައި ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ.

މި ޑޮކިއުމެންޓަރީއަކީ އިސްލާމީކަންތައްތަކާ ބެހޭ ,ވުޒާރާ މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބަުން ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތް ދައްކުވައިދޭނެ ޑޮކިއުމެންޓަރީއެކެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ވިދާޅުވި ގޮތުގައި މި ޑޮކިއުމެންޓަރީގައި މީގެ ކުރިން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެރަށު ކައުންސިލުން ކުރަން ޖެހުނު ޚަރަދާއި އުފުލި ބުރައާއި، މިކަމުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރަށް ހުށައެޅުއްވުމާއެކު ވުޒާރާއިން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބިގެންދިޔަ ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާ ކުރާނެއެވެ.

އަދި އެރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް ހިމެނިފައިވާނެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ ޕްރޮގުރާމެކެވެ.

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން އުފައްދާފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *