Search Streamline Icon: https://streamlinehq.com

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާގޮތައް ކަންކަން ނުކުރުމަށް މުނިފޫހިފިލުވުމާއި ފިލްމް އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ރައީސް އެދިވަޑައިގެންފި

Dr. Muizzu fenvaruonline

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް ފިލްމް އިންޑަސްޓްރީއާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނަސޭހަތެއް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓްއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއްކަމުގަ އެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް. ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް.“ރައީސުލްޖުމްހޫރިއްޔާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އިސްލާމްދީނުގެ ޙުދޫދުން ބޭރުވާގޮތައް ކަންކަން ނުކުރުމަށް މުނިފޫހިފިލުވުމާއި ފިލްމް އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ރައީސް އެދިވަޑައިގެންފި

އެމަނިކުފާނުގެ ޕޯށްޓުގައި ވަކި ސީދާ އެ މައްސަލައިގެ ވާހަކަ ވިދާޅުވެފައި ނެތް ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ ހުދޫދުން ބޭރުނުވެ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ޝަޤާފަތާ އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށްވުމަކީ މި ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ނަސޭހަތް ދެއްވާފައިވާއިރު މީގެކުރިންވެސް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި، އިސްލާމީ އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *