މިހާރުލަންކާއަށްކުރަމުންދާ ގަދަ ވިއްސާރައިގައި ގިނަ ބަޔަކުނިޔާވެ، ބޮޑެތި ގެންލުންތަކެއް ވަމުންދާތީރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢީއްޒު ތައުޒިޔާވިދާޅުވެއްޖެއެވެ.
ސްރިލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ގެއްލުން ލިބުނު ފަރާތްތަކަށް ތަޢުޒިޔާ ވިދާޅުވެ އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، މި ޙާދިޘާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަދި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ރައްޔިތުން، ސްރީލަންކާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރިޕޯޓުތައް ބުނާގޮތުން ލަންކާއަށް ކުރަމުންދާ ވިއްސާރަ ތޫފާނަކަށް ބަދަލުވެ، މި ތޫފާން ގެސަބަބުން ސްރީ ލަންކާއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު 69އަކަށް ވަނީ އުފުލިފައެވެ.ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ވީނުވީއެއް ނޭނގި 30އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ









