Search Streamline Icon: https://streamlinehq.com

ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް

Screenshot 2025 11 30

މިއަދު ހަވީރުގެ ވަގުތެއްގައި ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދާތީ، ފުލުހުން އެމަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ވިލިގިއްޔާއި ވާދޫއާ ދިމާލުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ”ފެހިލާ“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ނޮވެމްބަރު މަހުގެ މިއަދު ހަވީރު 16:59 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. މިމައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުން ވަނީ އެ ސަރަހައްދަށް ގޮސް، ހަރަކާތްތެރިވާން ފަށާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަޑިއަށްދިޔަ މި ދޯނިގައި ތިން މީހުން ތިބިކަމުގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވެއެވެ. އެމީހުންގެ ހާލަތާ ބެހޭގޮތުން އިތުރު ތަފްސީލެއް ފުލުހުން މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.

މިހާރު ފުލުހުން ދަނީ، އަޑިއަށްދިޔަ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރިއަށްދަނީ މެރިން ފުލުހުންގެ ބެލުމުގެ ދަށުންނެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *