Search Streamline Icon: https://streamlinehq.com

ފަހުގެ

މަނަދޫގައި 700 މީހުންގެ ޖާގައިގެ އައު މިސްކިތެެއް ރަސްމީކޮށް ހުޅުވައިފި

Manadhoo Mosque

މިލަދުއްމަޑުލު ދެކުނުބުރި މަނަދޫގައި އަލަށް ޢިމާރާތްކުރި 700 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ މިސްކިތް ހުޅުވައިފިއެވެ.

މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި