އެކަލާނގެ އިލާހީ ޤާނޫނުގެ ދަށުން އިންސާނުންނަށް ތަދުބީރުނުކުރެވޭ އެތައްއެތައްކަމެއް އަކަލާނގެ ޤުދުރަތްތެރިކަމުގެ ދަށުގައި ހިނގަމުންދެއެވެ. އެ ނުލަފާމީހުން އެކުއްޖާއަށް އަނިޔާ ކުރާތާ 10 އަހަރު ފާއިތުވެގެންދިޔުމަށްފަހު އެކުއްޖާގެ އުމުރުން 22 އަހަރުގައި މިވަނީ ލޯފަންމީހުން ބަލަހައްޓާ މަރުކަޒަކަށް ގެންދެވިފައެވެ.
ތިންވަނަބައި
ދުނިޔޭގެ އާންމު ޤާނޫނުގެ ދަށުން އެއްކަލަ ދެމަފިރިންވަނީ އުމުރުން ދުވަސްވެފައެވެ. އެ ފިރިހެންމީހާ އޭނާގެ މަޤާމުން ވަކިވުމަށްފަހު ކުރިން އޭނާއަށް ލިބިފައިވާ ޤަދަރާއި އިއްޒަތްވަނީ ފަނޑުވެފައެވެ.
މިހާރު އެއީ މުޖުތަމަޢުގައި މާބޮޑު އިއްޒަތެއްހުރި މީހަކުކަމުގައި ނުވެއެވެ. އަދި އޭގެއިތުރަށް އޭނާގެ ދިރިއުޅެމުން ގޮސްފައިވާ ހަރުކަށި އަނިޔާވެރި ދިރިއުޅުމުގެ ސަބަބުން މީހުންގެ މެދުގައި މިހާރު އޭނާއަކީ މާކަބޮޑު އިޚްތިރާމެއް ކުރެވޭ މީހަކަށް ނުވެއެވެ. ނަތީޖާއެއްގެގޮތުން އޭނާ އަށް މަޑުމަޑުން އެކަނިވެރިކަމާއި ހިތާމަވެރިކަން އިޙްސާސްކުރެވެމުންދިޔައެވެ.
ދުވަސްތައް ވޭތިވަމުންގޮސް މި ދެމަފިރިންގެ ފިރިހެންދަރިފުޅު ބޮޑުވެ ވަރަށް ރީތި ކުއްޖަކާއި ކައިވެނިކޮށްފިއެވެ. އަދި މި ކުއްޖާ ބަލިވެއިންކަމުގެ ޚަބަރު ލިބުމުން އެންމެން ވަރަށް އުފާކުރިއެވެ. ނަމަވެސް ކަންތައްތައް ވެގެންދިޔައީ އެމީހުން ހީވެސްނުުކުރާ ފަދަޔަކުންނެވެ. އެމީހުންގެ ފިރިހެން ދަރިފުޅުގެ އަންހެނުން ބަލިވެ އިނދެ ވިހެއީ ލޯފަން ފިރިހެން ކުއްޖެކެވެ. މި ލޯފަަން ތުއްތުކުއްޖާއާއި އެތުއްތު ކުއްޖާގެ ކާފައާއި މާމަގެ އަނިޔާވެރިކަމުން ދެލޮލުގެ ފެނުންގެއްލުނު ކުއްޖާއާއި ހުރި ގުޅުމަކީ ކޮބާބާވައެވެ؟ އެދެމަފިރިން މިކަމާއިމެދު ވިސްނަމުންދިޔައެވެ. މިހެން މިވީ އަހަރެމެންނަށް އެ އަންހެންކުއްޖާއާއިމެދު ކަންތައްކުރެވުނު ގޮތުން ބާވައެވެ؟
އަހަރެމެންގެ ދަރިފުޅަށް އެހެން ކުއްޖެއް ލިބިއްޖެނަމަ އެކުއްޖާވެސް އުފަންވާނީ ލޯފަން ކުއްޖެގެގޮތުގައިބާވައެވެ؟ އެދެމަފިރިން މިކަމާއި ވިސްނާ ފިކުރުކުރަމުންދިޔައެވެ. އެމީހުންގެ ކަންބޮޑުވުން އިންތިހާއަށް ދިޔައެވެ. އެމީހުންނަކަށް ދެން ހަދާނޭ އެއްވެސްގޮތެއް ނޭންގުނެވެ. މިކަމުގެ ސަބަބުން އޭނާގެ ފިރިމީހާއަށް ޝޮކެއްލިބި ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުނެވެ.
ޑޮކްޓަރުން އޭނާއަށް ނަސޭހަތްދެމުން ދިޔައެވެ. އަދި ބުންޏެވެ. ”މިއީ ﷲ ގެ ޤާނޫނުގައި ކަންހިނގާ ގޮތެވެ. އެކަމާއިމެދު ކުރެވޭނޭ ކަމެއް ނޯންނާނެއެވެ. ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. އަދި އެދެމަފިރިންނަށް އަލުން ދަރިއަކު ހޯދިދާނެއެވެ. އަދި އިރާދަކުރެއްވިއްޔާ އެފަދަ މަސައްލައެއްނެތް ކުއްޖަކުވެސް ލިބިދާނެއެވެ.“
މިތުއްތު ކުއްޖާއަށް ދެ އަހަރު ފުރުމަށްފަހު މި ދެމަފިރިންނަށް އަނެއްކާވެސް ކުއްޖަކުހޯދުމަށް އެކުދިންގެ މަންމައާއި ބައްޕަ ހިތްވަރުދެމުން ދިޔައެވެ. އަދި އާއިލާގެ އުފާވެރިކަން އަނބުރާހޯދުމުގެ ގޮތުން އިތުރު ކާފަދަރިޔަކު ހޯދުމަށް އެދެމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ފިރިހެން ދަރިފުޅުގެ އަންހެނުން އަނެއްކާވެސް ބަލިވެއިނދެ ވިހައިފިއެވެ. ހޮސްޕޮޓަލުގައި އާއިލާގެ އެންމެންވެސް ތިބީ ކަންބޮޑުވުމާއި ހާސްކަމެއްގައެވެ.
މިފަހަރު އެ ދެމަފިރިންނަށް ލިބުނީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އާއިލާއަށް އުފާވެރިކަން ލިބިގެންދިޔައީ މިފަހަރު ލިބުނު ދަރިފުޅުގެ ލޮލުގެ ފެނުން ރަނގަޅުކަމުގައި ޑޮކްޓަރު ކަށަވަރުކޮށްދިނުމުންނެވެ. އަދި އެކުއްޖާއަކީ ސިއްހަތު ރަނގަޅު ކުއްޖެއްކަމުގައި ޑޮކްޓަރު ބުންޏެވެ. ހުރިހާ އެންމެންވެސް މިކަމާ ވަރަށް އުފާކުރިއެވެ. އަދި އާއިލާގެ އުފާވެރިކަން އަނބުރާ ލިބިއްޖެކަމުގައި ދެކުނެވެ.
މިއުފާވެރިކަމުގައި އާއިލާ ދިރިއުޅެމުންގޮސް ތުއްތު އަންހެންކުއްޖާގެ އުމުރުން 6 މަސް ފުރިއްޖެއެވެ. އަދި އެކުއްޖާގެ އުމުރުން 6 މަސް ފުރުނުފަހުން އެކުއްޖާގެ ލޮލުގެ ފެނުންވެސް މާތްﷲ ގެންދަވައިފިއެވެ. މުޅި އާއިލާއަށް ކުއްލި ހައިރާންކަމަކާއި ހިތްދަތިކަމެއް ލިބުނެވެ. އެ އަންހެން މީހާއަށް މިކަމުގެ އަސްލު ވިސްނެން ފެށިއެވެ. އަދި ދެން ކައްތައްކުރާނެގޮތަކާއިމެދު ފިކުރުކުރަމުން ދިޔައެވެ.
މި ހުރިހާކަމެއް ހިނގަމުންމިދަނީ އެއްވެސް ސަބަބެއް ނެތި ނޫންކަމުގައި އޭނާއަށް ޔަޤީންކުރެވުނެވެ. އަދި މިއީ އެމީހުންގެ ގޭގައި ނޯކަރަކަށް ގެންގުޅުނ ޅަ އަންހެން ކުއްޖާއާއިއެމު ކަންތައްކުރެވުނު އިހާނެތި ގޮތުގެ ނަތީޖާކަމުގައި ޔަޤީންކުރެވުނެވެ. އޭނާއަށް ކުރެވުނު އަނިޔާތަކުގެ ބަދަލުކަމުގައި ޔަޤީންކުރެވުނެވެ. މިދުނިޔޭގައި ބިކަވެ ޔަތީމްވެފައިވާ ނިކަމެތި އަންހެންކުއްޖަކާއިމެދު އަހަރެމެން ކަންތައްކުރީ ކިހާ އިހާނެތިކޮށްހެއްޔެވެ.
މިއީ އޭގެ ބަދަލުގައި ﷲ ގެ ހަޟްރަތުން އަހަރެމެންނަށް ކުރިމަތިވި އަޒާބެވެ. އެންމެފަހުން އެ އަންހެންމީހާ އެ އަންހެންކުއްޖާ ފެނޭތޯ ހޯދަންފެށިއެވެ. ހަސްފަތާލުތަކާއި ގޭގެއާއި، ނިކަމެތިން ބަލަހައްޓާ ތައްތައް ހޯދަންފެށިއެވެ. އެންމެފަހުން ލޯފަންކުދިން ބަލަހައްޓާ ތަނެއްގައި އެކުގައި ހުއްޓާ އެއަންހެންމީހާއަށް އެކުއްޖާ ފެނިއްޖެއެވެ.
ނުނިމޭ- މި ލިއުން ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖަށް ލައިކް ކޮއްލަދެއްވާ











