އަންނަ އެޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ވޯޓުލާ ސަރަޙައްދާއި ވޯޓުފޮށިތައް ބަހައްޓާ ރަށްރަށާއި ތަން އިލެކްސަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްސަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ލ. އަތޮގައި ބަހައްޓާނީ ޖުމްލަ 17 ވޯޓް ފޮއްޓެވެ. މި 17 ވޯޓް ފޮށީގެ ތެރެއިން ގަމުގައި 4 ވޯޓް ފޮށި ބަހައްޓާނެއެވެ. އަދި ފޮނަދޫގައި 3 ވޯޓު ފޮށްޓާއި މާވަށުގައި ބަހައްޓާ 2 ވޯޓުފޮށީގެ އިތުރުން ލ.އަތޮޅު ކޮންމެ ރަށެއްގައި ބަހައްޓާނީ އެއްމެ ވޯޓު ފޮއްޓެއްކަމަށްވެސް އިލެކްސަންސް ކޮމިޝަނުން ހާމަކުރައްވައެވެ.
- ވޯޓް ފޮށީގެ ނަން، ލ. އިސްދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ.އިސްދޫ ސްކޫލް، މަލްޓިޕާޕަސް ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ އިސްދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން. ލ. ދަނބިދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ދަނބިދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ދަނބިދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. މާބައިދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. މާބައިދޫ، ލ. އަތޮޅު މަދަރުސާ، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ މާބައިދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. މުންޑޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. މުންޑޫ، މުންޑޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ މުންޑޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ގަން-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ގަން، ގަން އިޖްތިމާޢީ މަރުކަޒު، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ގަމު ތުނޑީއަވަށު މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ގަން-2 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ގަން، ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ގަމު މަތިމަރަދޫ އަވަށުގެ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ގަން-3 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ގަން، މުކުރިމަގު ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ގަމު މުކުރިމަގު އަވަށު ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ގަން-4 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ގަން، އިހައްދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ގަމު ތުނޑީ އަވަށުގެ ޚާއްޞަ ދަފްތަރުގައިވާ މީހުންނާއި (ލ.ކަޅައިދޫ، ލ. މުންޑޫ، ލ.ގަމަށް ބަދަލުކުރި) ގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. މާވަށް-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. މާވަށް، މާވަށު ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ މާވަށު ރަށްދެބައިމަގުގެ ދެކުނުން، ގުލްޝަނީމަގުގެ އިރުމަތީގެ ގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. މާވަށް-2 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. މާވަށް، މާވަށު އިޖްތިމާޢީ މަރުކަޒު، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ މާވަށު ރަށްދެބައިމަގުގެ އުތުރުން، ގުލްޝަނީމަގުގެ ހުޅަނގުގައިވާ ގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ފޮނަދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ފޮނަދޫ، ފޮނަދޫ އިސްރައްވެހިންގެ ހިޔާގައެވެ. މި ފޮށްޓައް ވޯޓުލާނީ ފޮނަދޫ ރަށްވެހިމަގުގެ އުތުރު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ފޮނަދޫ-2 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ފޮނަދޫ، ފޮނަދޫ މެދު އަވަށު އިޖުތިމާޢީ މަރުކަޒުގައެވެ. މި ފޮށްޓައް ވޯޓުލާނީ ފޮނަދޫ ޢާއިލީ ހިނގުމާއި ރަށްވެހިމަގުގެ ދެމެދުގައިވާ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ފޮނަދޫ-3 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ފޮނަދޫ، ކުރިގަމު އިޖުތިމާޢީ މަރުކަޒުގައެވެ. މި ފޮށްޓައް ވޯޓުލާނީ ފޮނަދޫ ޢާއިލީ ހިނގުމުގެ ދެކުނު ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. މާމެންދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. މާމެންދޫ، މާމެންދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ލ. މާމެންދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ހިތަދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ހިތަދޫ، ހިތަދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ލ. ހިތަދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ކުނަހަންދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ކުނަހަންދޫ، ކުނަހަންދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ކުނަހަންދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.
- ވޯޓް ފޮށީގެ ނަން، ލ. ކަލައިދޫ-1 ވޯޓްފޮށި ބަހައްޓާ ތަން. މި ވޯޓްފޮށި ބަހައްޓަނީ ލ. ކަލައިދޫ، ކަލައިދޫ ސްކޫލް، ހޯލުގައެވެ. މި ފޮށްޓައް ވޯޓުލާނީ ކަލައިދޫ ރައްޔިތުންނާއި މިފޮށްޓައް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.









