Search Streamline Icon: https://streamlinehq.com

ބޮޑުތަކުރުފާނު މަގު ހެދުން: ސެގްމެންޓް ދޭއްގެ 85 މީޓަރު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިއްޖެ

Mtcc

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ 85 މީޓަރު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

މީގެ ތެރެއިން މިހާތަނަށް ފުރަތަމަ ސެގްމެންޓުގެ މަސައްކަތް ނިންމައި، އާއްމުންނަށް ހުޅުވާލާފައިވާއިރު، ދެވަނަ ސެގްމެންޓުގައި ހިމެނޭ ބާޒާރު މަތީ ސަރަހައްދެވެ.

އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމުން އެމްޓިސީސީން މިއަދު ވިދާޅުވީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން 85 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ފެނާއި ވޭސްޓް ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން އިމާރާތުގެ ސައިޑްވޯކްތަކާއި، ސްޓޯމް ވޯޓާ ކެޗް ޕިޓްތަކާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ މަސައްކަތް ވެސް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މިއީ 144,509,024.16 ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *