Search Streamline Icon: https://streamlinehq.com

މަރުވެފައި އޮއްވާ ފެނުނު މީހާކީ ކާކުކަން ކަށަވަރުވެއްޖެ: ފުލުހުން

Addu City Hospital

އައްޑޫ ސިޓީގެ ފަތާ ޓުރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު ދެނެގަނެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ މާރިޗު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ، ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފައިވާކަމުގައެވެ.

ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި