Search Streamline Icon: https://streamlinehq.com

މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް އޭދަފުށިން މީހަކު ހައްޔަރުކޮށްފި

Eydhafushi masthu

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި / އަޅިވިލާގެ، އަސްރަފް ޔޫސުފް (34އ) ކަމުގައެވެ. މީނާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މާރިޗު މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭދަފުށީ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި