އިންސާނީ ޙައްޤުތަކަށް ވަކާތު ކުރާ ޔުނައިޓެޓް އަރަބި އެމިރޭޓްސް (ޔޫއޭއީގެ) މަޝްހޫރު މަޝްހޫރު އެކްޓިވިސްޓު އާލާ އަލް ސިއްދީޤު މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ލަންޑުގައި ހިނގި ކާރު އެކްސިޑެންޓެއްގައި އާލާ މަރުވީ އިއްޔެގެ ވަގުތެއްގައެވެ.
އިންސާނީ ޙައްޤުތަކަށް ޙިމާޔަތްކޮށް ކުރިއެރުވުމަށް ވަކާލާތުކުރާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަމުގައިވާ އޭއެލްކިއުއެސްޓީން ވަނީ އާލާ މަރުވިކަން ކަށަވަރުކޮށްދެއްވާފައެވެ.
ކާރު އެކްސިޑެންޓްގައި މަރުވި އިރު އާލާ ފުރުއްވަމުން ގެންދަވަނީ އޭއެލްކިއުއެސްޓީ ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ މަޤާމެވެ.
އޭއެލްކިއުއެސްޓީން ހާމަކުރިގޮތުގައި އާލާ ނެތުމަކީ އެ ޖަމިއްޔާ ހިންގުމާއި، އެ ޖަމްޢިއްޔާއިން ހިންގާ ޙަރަކާތްތަކުގެ އިތުރުން އެ ޖަމްއިއްޔާވެސް ހީނަރުކަމާއި ފަޅުކަން ލިބިގެންދާނެ ކަމެއްކަމެކެވެ.
އިންސާނީ ޙައްގުތަކަށް ވަކާލާތު ކުރުމުގައި ކުރިއަށް ނުކުމެ ގަލްފްގެ ޤައުމުތަކުގައި އާލާ މަޝްހޫރުކަން ހޯދާފައިވަނީ އޭނާގެ ބައްޕަ އެ މަސައްކަތުގައި ޔޫއޭއީގައި ޖަލަށްލީ ފަހުން 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ސަބަބުން ޔޫއޭއީ ސަރުކާރުގެ ފިއްތުންތަކާއި ހެދި އެތަނުގައި ދިރިއުޅެން އުނދަގޫވެގެން 2015 ވަނަ އަހަރުގެ ތެރޭގައި އާލާ އާއި އޭނާގެ ފިރިމީހާ ވަނީ ގަތަރުން ޙިމާޔަތް ހޯދައިފައި އެވެ.
އަލާއާއި އެނާގެ ފިރިމީހާ ގަތަރުން ޙިމާޔަތް ހޯދުމުން ޔޫއޭއީން ވަނީ ޤަތަރުގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން އާލާ އެގައުމާއި ޙަވާލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އޭރު ޔޫއޭއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަދި ޔޫއޭއީގެ ހުށަހެޅުންތަކަށް އޭރު ގަތަރުން އިޖާބަ ދީފައެއްވެސް ނުވެއެވެ.
އާލާގެ ދެމަފިރިން ގަތަރުން ހިމާޔަތް ހޯދީ އެ ގައުމުގައި އާލާގެ އާއިލާގެ ބައެއް މެމްބަރުން ދިރިއުޅެމުން ގެންދިއުމާއި ގުޅިގެން އެމީހުންގެ އެހީތެރިކަމާއި އެކުގަ އެވެ.
އާލާ އިސްދައުރެއް އަދާކުރަމުންގެންދިޔަ ޖަމިއްޔާއަށް ލިބުނު އެންމެ ބޮޑު ހިތާމައެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ފާހަގަކޮށްފައިވަނީ އާލާގެ މުޅި ޙަޔާތް އެކަމަށްޓަކައި ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވުމެވެ. އާލާ ދުނިޔެ ދޫކޮށް ދިއުމާއި ހަމައަށް އާލާގެ ބައްޕަ މުޙައްމަދު އަލް ސިއްދީޤް މިނިވަން ކުރުމަށް އޭނާކުރި ބުރަ މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.









