ޤައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއް ކަމަށްވާ ޑރ.މުހައްމަދު އިޔާޒް އަންހެން ކުދިން ހިތާނު ކުރުމަށް ތާއިދުކޮށް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ މުވައްސަސާތަކާ ސުވާލު ކުރައްވައިފިއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުދައްރިސަކު ކުރަފަތް ހިފައިގެން އަންހެންދަރިވަރުން ފަހާ ދުވެ ޖިންސީގޯނާ ޢާއި ނަފްސާނީ ބިރުދައްކަމުންދާއިރު ރާއްޖޭގެ މުވައްސަސާތައް ކޮބައިހެއްޔެވެ.
ހިއުމަންރައިޓްސް ކޮމިޝަން ، ޖެންޑަރ އެޑިއުކޭޝަން ވަޒީރު ކޮބާތޯ ގައުމީޔުނިވަރސިޓީގެ މުދައްރިސަކު ކުރަފަތް ހިފައިގެން އަންހެންދަރިވަރުން ފަހާ ދުވެ ޖިންސީގޯނާ ޢާއި ނަފްސާނީ ބިރުދައްކަމުންދާއިރު ގާނޫނީ ވާޖިބަށް ފިއްލެވީތޯ ؟ https://t.co/BOwtKBEFYP
— Mohamed Musthafa (@Thimarafushi) June 25, 2021
އަންހެން ކުދިން ހިތާނުކުރުމާމެދު އިޔާޒް ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ ބައެއް އިލްމުވެރިންދަނީ ނުރުހުން ފާޅުކޮށް އެވާހަކަތައް ދޮގުކޮށްފައެވެ.
ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އިއްޔެ ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަކަމަށެވެ.









