Search Streamline Icon: https://streamlinehq.com

ބަގުރާ ދަޅުތަކާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

E5539C0F C2B0 4DA1 A132 A5DEC0040CC7 850x548

ގިނައަދަދެއްގެ ބަގުރާ ދަޅުތަކާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭޕެޓްރޯލް ޖެޓީއާ ދިމާލުން ފަޅުތެރޭ އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަގުރާ އަރުވަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއިގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަގުރާ ފުޅިތަކާއެކު ތިން މީހުން ވަނީ ހައްޔަރުކުރެވިފައެވެ.

ރޭ 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ވަނީ އަތުލައިގެންފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން  30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަގުރަލާއި ބަގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ޤަވައިދުގެ ދަށުން 12 އިންސިޑެންޑެއްގައި  ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 201 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި ފުލުހުން ވަނީ އިއްޔެ ދޫނިދޫގައި ނައްތާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *