މަސްތުވާތަކެއްޗާއެކު ފާދިއްޕޮޅު ނައިފަރުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. މި ދެމީހުން ހައްޔަރުކޯށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ ލޯންޗެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިމި ޖޫން މަހުގެ 29 ވަނަ ދުވަހުގެ 23:35 ހާއިރު ނައިފަރު ބަނދަރުމަތިން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކޮށް އަދި އެމީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު އޭގެ ތެެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ޏ. ފުވައްމުލަކުގައި ބަނގުރާ ކައްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބަލައި ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޅ. ކުރެންދޫ ހަރުގެއެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވާކަމަށްވެސް ފުލުހުން ހާމަކުރައްވަ އެވެ.
މި މައްސަލަތައް ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.









