ހުޅުމާލެ ބިގްސީި ފިހާރައިން 6 ޕެކެޓް ހިކި ކިރު ގެންގޮސް، ފައިސާ ދައްކާފައިނުވާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ޖޫން 9 ވަނަ ދުވަހު މިމީހާ މިފިހާރައިން ކިރުޕެކެޓްތައް ގެންގޮސް ފައިސާ ދައްކާފައިނުވާތީ ފުލުހުން އާއްމުކުރި ވީޑިޔޯއިން ފެންނަ މީހާ ހޯދަން އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފައެވެ.
މިމައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ ފިހާރައިގެ ސީސީޓީވީ ކެމެރާއިން އެމީހާ ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިލައްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އަންގާފައެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.









