Search Streamline Icon: https://streamlinehq.com

ކޮވިޑް ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

Covid

ކޮވިޑް ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އަންނަ ބުދަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވާ ބުދަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމުގަ އެވެ. ނަމަވެސް ލޮކްޑައުން ކުރަން ނިންމާފައި ނުވާކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އަންނަ ބުދަ ދުވަހުން ފެށިގެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރުވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގަ އެވެ.

މާލެ އާއި ރާއްްޖޭގެ ބައެއް ރައްރަށުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން މިހާރުވެސް ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ އުޅުން ވަނީ ބައެއް ރަށްރަށުގައި މަނާކޮށްފަ އެވެ. އަދި ސަރުކާރާާއި އަމިއްލަ އޮފީސްތަކުންވެސް ގޭގައި މަސައްކަތް ކުރަން އަންގާފައިވާއިރު ކެފޭ، ރެސްޓޯރެންޓުތަކުން ޑައިން އިންގެ ޚިދުމަތް ދިނުން ވެސް ވަނީ މެދުކަނޑާލައިފައެވެ.

ކޮވިޑުގެ ހަތަރުވަނަ ރާޅާއެކު ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބާރަށް ބަލި ދަނީ ފެތުރެމުންނެވެ. މިވަގުތުވެސް 70 އަށް ވުރެ ގިނަ ރަށް މޮނީޓަރިންގައި އޮތްކަން ފާހަގަ ކުރެވެއެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން 54،300 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު 22،400 އަށް ވުރެ ގިނަ މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބަލީގައި މިހާތަނަށް 125 މީހަކު މަރުވެފައިވާއިރު 31،000 އަށް ވުރެ ގިނަ މީހުން ބަލިން ފަސޭހަ ވެފައި ވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *