ވެބް އޮޕްރޭޓަރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުން ރާއްޖޭގެ ޚަބަރު ވެބްސައިޓެއް ކަމަށްވާ ޕަބްލިކް ސަރވިސް މީޑިޔާ ވެބްސައިޓް ސާރވާ ޑައުންކޮށްފިއެވެ.
ދައުލަތުގެ މީޑިޔާ ޕީ.އެސް.އެމް ނިއުސް ވެބްސައިޓަށް މިއަދު އެއްވެސް ގޮތަކަށް ނުވަދެވެއެވެ. ވެބްސައިޓް އަލުން އަޕްކުރެވޭނީ އޮޕަރޭޓަރަށް ފައިސާ ދައްކަންޖެހޭ ފައިސާ ދައްކައިގެންނެވެ.
”ސަން އޮންލައިން“ އިން ބުނާގޮތުގައި ޕީ.އެސް.އެމް ވެބްސައިޓް ޑައުންކުރުމުގެ ކުރިން އެކަން ވަނީ އެމީޑިޔާއަށް އަންގާފައެވެ. އެހެންނަމަވެސް ޕީއެސްއެމްގެ ޑިރެކްޓަރު އަލީ ޚާލިދުވަނީ މިވާހަކަ ދޮގުކޮށްފައެވެ.
އަލީ ޚާލިދު ވިދާޅުވާ ގޮތުގައި ވެބްސައިޓް ޑައުން ވެގެން އުޅެނީ ދިމާވި ކުޑަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.
ޕީ.އެސް.އެމް އަކީ ދައުލަތުގެ މީޑިޔާއަކަށްވާއިރު މިއިދާރާއާ ގުޅޭ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތަކާއި އިދާރާގެ ލިޔެކިޔުންތަކެއް ގަސްދުގައި ނައްތާލާފައިވާކަމުގެ މައްސަލަ ހިމެނެއެވެ.









