އެމެރިކާގެ ޕެންޓަގަން ކައިރީގައި ހިނގި ބަޑީގެ ހަމަލާތަކަކާއި ގުޅިގެން ޕެންޓަގަން ލޮކްޑައުންކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
ޕެންޓަގަންއިން ނެރުނު ބަޔާނަކާ ހަވާލާދީ އެޤައުމުގެ މީޑިޔާއިން ބުނާގޮތުގައި ބަޑީގެ ހަމަލާތައް ކުރިޔަށް ދިޔައީ ޕެންޓަގަން ކައިރި ސަރަހައްދެއްގެ މެޓްރޯ ބަސް ސްޓޭޝަނެއްގައި ކަމަށާއި މިހަމަލާއާ ގުޅިގެން ހުރިހާ މުވައްޒަފުންވެސް ޕެންޓަގަން އިމާރާތުގެ އެތެރޭގައި ތިބުމަށް އަމުރު ކުރެވިފައިވާކަމަށެވެ.
JUST IN from @PFPAOfficial:
— 7News DC (@7NewsDC) August 3, 2021
"The scene of the incident is secure."
Officials continue to request that everyone stay away from the Metro rail entrance and bus platform area of the Pentagon. https://t.co/BplRCrdv1d
އެމެރިކާގެ ފަޔަރ އެންޑް އެމަޖެންސީ ސަރވިސް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެސަރަހައްދަކީ ކުށުގެ ވެއްޓެއް ކަމުން އެ ސަރަހއްދުގެ ރައްޔިތުން މެޓްރޯ ރެއިލް އެންޓްރޭންސް އަދި ބަސް ސްޓޭޝަންވެސް މިވަގުތު ބޭނުން ނުކުރުމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާކަމަށް އެޓްވީޓުގައި ބުނެފައިވެއެވެ.
މިއަދު ހެދުނު ހިނގާދިޔަ މިހާދިސާއާ ގުޅިގެން ޕެންޓަގަންގެ ހުރިހާ މުވައްޒަފުން އެތަނުގެ ތެރޭގައި ލޮކްޑައުން ވެެން ތިބުމަށްފަހު މިހާރުވަނީ ދޫކުރެވިފައެވެ.
ބަޑީގެ ހަމަލާތަކުގައި ޒަޚަމްވި މީހުންނަށް ފަރުވާދެމުންދާކަމަށް އެޤައުމުގެ މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ.
އަދި ދަ ޕެންޓަގަން ފޯރސް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާންމުން އެސަރަހައްދަށް ނުވަނުމަށްވެސް އިލްތިމާސް ކޮށްފައެވެ. އެސަރަހައްދަކީ އަދިވެސް ކްރައިމް ސީންއެއްކަމުން އެސަރަހައްދުވަނީ ބަންދުކުރެވިފައެވެ.
ޕެންޓަގަން އަކީ އެމެރިކާގެ ދިފާއީ މަރުކަޒެވެ. އަދި ހަމަލާ ބަދަލުކުރެވުނު މެޓްރޯ ބަސް ސްޓޭޝަނަކީ ދުވާލެއްގެ މައްޗަށް އެތައް ހާސް މީހުން ޕެންޓަގަންއަށް ވަދެ ނުކުންނަން ބޭނުންކުރާ މައި ދޮރާއްޓެވެ.









