Search Streamline Icon: https://streamlinehq.com

މަޖުލީހުގެ އިދާރީ މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްޗެއް ބުނެފައިނުވާނެ: ހަސަން ޒިޔާއު

L 2019 11 19 100822 6pqbvg4klnx2o1azrd53hu8ecytswmjfi97 EN

ރައްޔިތުންގެ މަޖުލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއަށް ”ލޮލީ ޖާބިރު“ ނަމުން ނިސްބަތްކޮށް ގޮވި ކަމަށް ޖާބިރު ތުހުމަތު ކުރައްވައި ދައްކަވާފައިވާ ވާހަކަތައް މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މަޖުލީހުގެ އެއްވެސް އިދާރީ މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފައިނުވާކަމަށެވެ.

”އީދާރީ އެއްވެސް މުވައްޒަފަކު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ވާހަކަ ދަންނަވަން،“ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވެފައިވެއެވެ.

ޖާބިރު ”ވަގުތު“ މީޑިޔާއަށް މައުލޫމާތު ދީފައިވާ ގޮތުގައި މަޖުލީހުގެ އިދާރީ މުވައްޒަފަކު ވަނީ އޭނައާ ދިމާލަށް ”ލޮލީ ޖާބިރު“ ގެ ނަމުން މުޚާތަބުކޮށްފައި ކަމަށާއި ރަސްމީ ގަޑީގައި ވަޒީފާ އަދަކުރަމުންދާއިރު އިދާރާގެ ތެރޭގައި އެފަދަ ނަންނަމުން މުޚާތަބު ކުރެވިގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

”މަޖިލީހަށް އިއްޔެ(އަންގާރަ ދުވަހު) އަޅުގަނޑު ދިއުމުން މަޖިލީހުގެ އިދާރީ މުވައްޒަފަކު އަޅުގަނޑަށް ގޮވާލީ ”ލޮލީ ޖާބިރޭ“ ކިޔާފައި. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ދިމާލަކަށް މަޖިލީހުގެ މުވައްޒަފަކަށް އެހެން ނުކިޔޭނެއޭ. އިއްޒަތްތެރި މެންބަރޭ ކިޔަން ޖެހޭނީ.“ ޖާބިރު ވިދާޅުވިއެވެ.

ޖާބިރުވަނީ މިދިޔަ އަންގާރަ ދުވަހު މަޖުލީހުގެ މައިދޮރާށި ކައިރީގައި އިހުތިޖާޖްކޮށްފައެވެ. ދޮރާށި ކުރިމަތީ އޮށޯވެ އޮވެގެން ގޮވަމުން ދިޔައީ ގާނޫނު އަސާސީގައި މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހައްގު އެމެންބަރުންނަށް ދެއްވުމަށެވެ. މިއިހުތިޖާޖާއި ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމެއްގެ ދަށުން ޖާބިރުގެ ޕާސްޕޯޓްވަނީ ހިފަހައްޓާލެވިފައެވެ.

 ހަމައެއާއެކު އިއްޔެ ޖާބިރުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މއ. ކިބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން މައުމޫން ޖާބިރަށް ދެއްވަން ޖެހޭ ދަރަނީގެ ފައިސާ އަވަހަށް އަދާ ކުރެއްވުމަށް އެދި ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *