މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުން ސްނޯކަލިންއަށް ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑުން ހަމަލާ ދިނުމާއިގުޅިގެން އެ ޒުވާނާ ނިޔާވެއްޖެ އެވެ.
ފުލުހުން ވިދާޅުވީ ބ.މާޅޮހުގައި ސްނޯކަލިންއަށް ގޮސް އުޅުނު މީހެއްގެ ހިތާ ދިމާއިން މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
ފުލުހުން ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު 4:10 ހާއިރު އެމީހާ ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.
އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއްވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިހާދިސާގައި ނިޔާވެފައިވަނީ ޢުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.









