Search Streamline Icon: https://streamlinehq.com

މައިކު ޓެސްޓު ކުރަންވެސް ކީރިތި ރަސުލާއަށް ފުރައްސާރަކޮށްގެން ނުވާނެ: ޑރ.އިޔާޒް

254827 3 f3e084593dd128b21bed26ed8ddc03a5204eeee4 large

މައިކު ޓެސްޓުކުރަންވިޔަސް ކީރިތި ރަސޫލާއަށް ފުރައްސާރަ ވާގޮތަށް އެއްވެސް އަމަލެއް ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ށ.ފޯކައިދޫ ސްކޫލްގެ ޓީޗަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ. މިމައްސލައާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވީ މަޖަލަކަށް ހަދާފަވިޔަސް ނޫނީ މައިކް ޗެކްކުރުމަށް ވިޔަސް ރަސޫލާއަށް ފުރައްސަރަކުރުމަކީ ހަރާމްކަމެއް ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގި ޓީޗަރާއިމެދު ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.

މިމައްސަލަ އާއި ގުޅިގެން ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލެއް ހިންގި މީހަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ފޯކައިދޫ ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރޭގައި ބްރޭކެއް ނެގި ގަޑީގައި އެސްކޫލުގެ ޓީޗަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މަދަހައިގެ ކަޑިއެއް ކިޔާލުމުން އެވަގުތު އެތަނުގައި ތިބި ދަރިވަރުން ވަނީ ހޭންފަށާފައެވެ.

މިކަމާއި ގުޅިގެން އެސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އެޓީޗަރަކީ އަބަދުވެސް މަޖާކުރާ ޓީޗަރެއް ކަމަށާއި އެގޮތުން މިފަހަރުވެސް މަޖަލަކަށް ކިޔާލި މަދަހެއް ކަމަށެވެ. އެއީ އޭނަ ގަސްތުގައި ކުރި ކަމެއް ނޫންކަމަށެވެ. އަދި މަދަހައިގެ އެތަންކޮޅު ރިކޯޑްކޮށް މީޑީޔާގައި ފަތުރާފައިވާތީ ޕްރިންސިޕަލް ވަނީ އެކަން ކުއްވެރިކޮށްފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *