Search Streamline Icon: https://streamlinehq.com

އެސްއޯއެފް އަށް ދައުވާ ނުކުރާކަށް ނުނިންމާ: ޕީޖީ

Shameemsun

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގައި ފައިސާ ދޮންނަން ގެންގުޅުނު އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާނުވާނެ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީ މަނީލޯންޑަރިން 1 މިލިޔަން ރުފިޔާގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސްޕްރީމް ކޯޓުގައި ކުރިޔަށްދާ ޝަރީއަތުގެ އަޑުއެހުން ތަކުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލުން ބުނެފައިވަނީ އެސްއޯއެފަށް ދައުވާ ކުރުމަށް ޕީޖީން ނިންމާފައިނުވާކަމަށެވެ. އެހެން ނިންމީ އެ ފަރާތުގެ އެއްބާރުލުން މި މައްސަލައިގައި ދައުލަތަށް ބޭނުންވާތީކަމަށެވެ.

ދައުލަތުގެ ވަކީލުން މިމޭރަމުން ޝަރީއަތުގެ މަޖިލީހުގައި ޖަވާބުދާރީ ވުމުން ޕީޖީއަށް ވަރަށްބޮޑަށް ފާޑުކިއުންތައް އަންނަނީ އަމާޒުވަމުންނެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ކޯޓުގައި ދައުލަތުގެ ވަކީލަށް ވާހަކަފުޅުދެއްކެވުނު ގޮތުން އޮޅުން އެކަށީގެންވާ ކަމަށެވެ. އަދި އިއްޔެ ޝަރީއަތުގެ އަޑުއެހުމުގައި ވަކީލުން އިޝާރާތްކުރީ ޔާމީންގެ މައްޗަށް ދައުވާކުރާ މުއާމަލާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާ ވާހަކަ އެކަނި ކަމަށެވެ. އަދި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްއޯއެފުން ކޮށްފައިވާ އެހެން ކުށްތަކަށް، ހެކި ލިބޭ މިންވަރަކުން ދައުވާ ކުރެވިދާނެ ކަމަށެވެ.

ޕީޖީ އޮފީހުން މިހެން ބުނިކަމުގައިވިޔަސް އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ފަނޑިޔަރުން ސުވާލު ކުރުންވެސް ދައުލަތުގެ ވަކީލުން ބުނަމުން ދިޔައީ އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ފައިސާ ލިބުނު ގޮތާއި ލިބުނު މީހުން އަދި ގެއްލިފައި ހުރި ފައިސާ ހޯދުމުގެ އެމީހުންގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *