Search Streamline Icon: https://streamlinehq.com

އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް

Airport accident

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.

މި އެކްސިޑެންޓުގެ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، މައުލޫމާތު ލިބޭގޮތުގައި އެކްސިޑެންޓް ވެފައިވަނީ ދިރާގުގެ ކާރެއް ކޮންޓްރޯލް ނުވެގޮސް ދެމީހެއްގެ ގައިގައި ޖެހިގެންނެވެ.

އެމްއޭސީއެލް އާއި ހަވާލާދީ އަވަސް އޮންލައިންގައި ބުނެފައިވަނީ އެއާޕޯޓް ސަރަހައްދުގައި އެކްސިޑެންޓް ހަވީރު ހިނގައިފައިވާކަމަށެވެ. އަދި އެމްއޭސީއެލްގެ ސޭފްޓީ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ބުނެފައި ވެއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ދިރާގުގެ ކާރެއް ޕޭމަންޓް މައްޗަށް އަރާފައިވާތަނެވެ. އަދި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާތަން ފެނެއެވެ. އަދި ސަރަހައްދުގައި ހުރި ޓްރޯލީތަކެއް ވެސް ހަލާކުވެފައިވެއެވެ. މީގެ އިތުރުން ދެ މީހަކު އެ ސަރަހައްދަށް ވެއްޓިފައި އޮތްވާ ވެސް ފެނެ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *