ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ކުޑަކުއްޖާގެ މަންމަ ނިޔާވެއްޖެއެވެ.
މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލާފައިވަނީ އޮޅުވެލިފުށި ރިސޯޓު ކައިރިޔަށް މިއަދު ހަވީރުރުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ ލޯންޗު ބަންޑުން ޖަހާލި ވަގުތު 3 މީހަކު މޫދަށް ވެއްޓުނު ކަމަށާ، އެއީ ކުޑަ ދެކުދިންނާއި އެކުދިންގެ މަންމަކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކު އަދިވެސް ނުފެންނަކަމަށާ، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފުލުހުން ބުނީ މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހުން އިތުރު ފަރުވާއަށް ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށާ، އޭގެ ތެރެއިން އަންހެންމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
ލޯންޗުގައި ޖުމްލަ 12 މީހަކު ތިބިކަމަށާ، ލޯންޗު ކ. އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.









