Search Streamline Icon: https://streamlinehq.com

ފީވައް ފަޅުން ވަންނަނިކޮށް ބަންޑުންޖަހާލި ދޯނި ނަގައިފި

4

ށ. ފީވައް ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލި ދޯނި ނަގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ ހދ. ކުޅުދުއްފުށީ ގެ ދޯޏެކެވެ.

ވީވަކުން މައުލޫމާތު ދިން މީހަކު ބުނީ ގައިގަޑަކަށް ވިއްސަކަށް ފޫޓު ހުންނަ ކުޅުދޫފުށީ މި ދޯނި ބަންޑުން ޖަހާލިއިރު އޭގައި 3 މީހުން ދަތުރުކުރިކަމަށާ، އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ. އަދި ދޯނީގައި އެއްވެސް މުދަލެއްވެސް ނެތްކަމަށެވެ.

ފީވައް ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލި ދޯނި: ފޮޓޯ/ ފީވައް ލައިވް

ފުލުހުން ބުނީ ކުޅުދުއްފުށިން ފުރައިގެން ފީވަކަށް ދަތުރު ކުރި ކުޑަ ދޯންޏެއް ފީވަކު ބަނދަރަށް ވަންނަން އުޅުޅުމުގެ ތެރޭގައި ބަންޑުން ޖަހާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 16:30 އެހާކައްހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފީވައް ފަޅަށް ވަންނަނިކޮށް ބަންޑުން ޖަހާލި ދޯނި: ފޮޓޯ/ ފީވައް ލައިވް

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންޑުންޖަހާލި ދޯނި ފަޅުތެރެއަށް ވެއްދުމަށްފަހު ފީވަކު ކައުންސިލާއި އާމުންވެގެން މިހާރު ވަނީ ނަގާފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މޫސުމް ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. އަދި ޚާއްސަކޮށް ކުދި އަގަމަތި އުޅަނދުތަކުގައި ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *