Search Streamline Icon: https://streamlinehq.com

ކޮވިޑް މަރު ޖުމްލަ 240 ށް

Covid 19

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 44 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިމީހާ ނިޔާވެފައި ވަނީ ރޭ ފަތިހު 3:15 ހާއިރު ކަމަށެވެ.

”ފެންވަރު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހއ. ވަށަފަަރަށް ނިސްބަތްވާ މީހެކެވެ.

މި މަރާއި އެކު މިމަހު ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު އަށަކަށް އެރީއެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 240 ށް އެރީއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 95 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 55 މީހަކާއި މާލެއިން 38 މީހެއްގެ އިތުރުން ރިސޯޓުތަކުން ދެ މީހެކެވެ. އެކްޓީވް ކޭސް ގެ ގޮތުގައި 1،337 ތިބި އިރު މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 15 މީހަކަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *